ތުޅާގިރި ރިސޯޓު ކައިރިން ދޯންޏެއްގެ ބަނޑުފިލާ ފަޅައިގެން ގޮސް ދިޔަވެއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
ތުޅާގިރި ރިސޯޓު ކައިރިން ދޯންޏެއްގެ ބަނޑުފިލާ ފަޅައިގެން ގޮސް ދިޔަވެއްޖެ
ކ. ތުޅާގިރި ރިސޯޓު ކައިރިން ކުރުމަސް ނަމަކަށް ކިޔާ ދޯންޏެއްގެ ބަނޑުފިލާ ފަޅައިގެން ގޮސް، ވަރަށް ބޮޑަށް އެދޯނި ދިޔަވަމުންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައިފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:15 ގައެވެ. އަދި ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިހާދިސާ ހިނގިއިރު އެދޯނީގައި ތިން މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާރު އެދޯނި އޮތީ ތުޅާގިރި ރިސޯޓު ކައިރީ ހިއްކަމުންދާ ސަރަޙައްދަށް ބީއްސާލާފައެވެ.
މިއަދު އޮންލައިން