އެގޮތުން އެމަސައްކަތް ފެށުމަށްޓަކައި އީސީއިން މިއަދު ވަނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއެކު ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އެމުއްސަސާތަކާއި އީސީ ގެ އިސްވެރިންނެވެ.
އީސީގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ވޯޓުލާ މީހުންގެ ލިސްޓު އަންނަ މަހު ނެރޭނީ މުއައްސަސާތަކާ ބައްދަލުކޮށް ލިސްޓު ފުރިހަމަ ކުރުމަށްފަހު ކަމަށާއި ވޯޓުލާ މީހުންގެ ލިސްޓު އެކުލަވައިލަމުން އަންނަނީ ޑީއެންއާރް ގެ ޑޭޓާ ބޭސް އަސްލަކަށް ބަލައިގެން ކަމަށެވެ.
"އިލެކްޝަންސް ކޮމިޝަނުން މިމަސައްކަތް ކުރަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ނެރުނު ވޯޓާސް ލިސްޓަށްވުރެ ވެސް ފުރިހަމަ ލިސްޓެއް ރިޔާސީ އިންތިހާބަށް އާންމުކުރަން" އަކުރަމު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އެކޮމިޝަނުން ކަމާ ގުޅޭ އެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަމުން ގެންދަވާއިރު، ބައިނަލްއަގްވާމީ ޖަމިއްޔާތަކާއެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.
ރިޔާސީ އިންތިހާބަސް މިއަހަރު ވޯޓު ލާނީ އިލެކްޓްރޯނިކް ވޯޓިން ބޭނުން ކޮށްގެން ކަމަށް ވާހަކަ ދެކެވިފައިވީ ނަމަވެސް، އީސީ އިން ނިންމާފައިވަނީ އެހެން އިންތިހާބުތަކެކޭ ވެސް އެއްގޮތަށް ވޯޓު ކަރުދާން ބޭނުން ކޮށްގެން އިންތިހާބުގައި ވޯޓު ލާށެވެ.
Voters Registry list ekulavaalumaai gulhey gothun DNR adhi NCIT aai eku baahvaa mashvaraage bahdhalvun pic.twitter.com/3w8DxO8dLi
— Elections Commission (@ElectionsMv) April 22, 2018