އިތުރު ދެ ސިޔާސީ ޕާޓީ އުފައްދަން އީސީ އިން ހުއްދައެއް ނުދިން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
އިތުރު ދެ ސިޔާސީ ޕާޓީ އުފައްދަން އީސީ އިން ހުއްދައެއް ނުދިން
މުޅިން އަލަށް އިތުރު ދެ ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހެޅި ދެ ފަރާތައް ވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު "ދަ ގްރޭޓް ގްރީން ކަނެކްޝަން"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ފަރާތަކީ ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ފަދައިން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ ޝަރުތު ފުރިހަމަ ނުވާ ފަރާތެއް ކަމަށެވެ. އަދި ޕާޓީ އުފައްދަން ހުށަހަޅާފައިވާ ފޯމްތަކާއެކު ގަވައިދުގައި ބަޔާން ކުރާ ކުށުގެ ރެކޯޑުވެސް ހުށަހަޅާފައި ނުވާ ކަމަށާއި އެހެންކަމުން ޕާޓީ އުފެއްދުމުގެ ހުއްދަ އެ ފަރާތައް ނުދޭން ނިންމާފައިވާ ކަމަށެވެ.






މިއަދު އޮންލައިން