"އެނިވަރސަރީ" އާ ގުޅުވައިގެން ހަދިޔާ ބަދަލުކުރުމެއް ނެތް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
"އެނިވަރސަރީ" އާ ގުޅުވައިގެން ހަދިޔާ ބަދަލުކުރުމެއް ނެތް: ޑރ. އިޔާޟް
ދެމަފިރިން އެކަކު އަނެކަކަށް އަބަދުވެސް ހަދިޔާ ބަދަލުކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް "އެނިވަރސަރީ" އާއި ގުޅުވައިގެން ހަދިޔާ ބަދަލުކުރުމެއް ނެތް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އެނިވަރސަރީގަ ދެމަފިރިން އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމަކީ ކޮންކަހަލަ ކަމެއްތޯ" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.

މިކަމާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އަނބިންނަށް ފިރިންނަށް ހަދިޔާ ދޭން ވަކި ދުވަހަކަށް މަޑުކުރުމެއް ނެތް ކަމަށެވެ. އެއީ ހަމަ ކޮންމެ ދުވަހަކުވެސް ކުރަންވީ ކަމެއް ކަމަށެވެ.

ދީނީ ސުވާލަށް ޖަވާބުދޭ އިތުބާރުކުރެވޭ ވެބްސައިޓެއްގައި ބުނެފައިވަނީ ކައިވެނީގެ އަހަރު ފުރޭ ދުވަހުގެ ގޮތުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި މާތް ރަސޫލާ (ޞޢވ) ގެ ޞަޙާބީން އެއްވެސް ދުވަހެއް ފާހަގަކުރައްވަވާފައި ނެތް ކަމަށެވެ. އަދި އަނބިއަނބިކަނބަލުންނަށް އެއްވެސް ހަދިޔާއެއްވެސް ދެއްވަވާފައި ނެތް ކަމަށާއި މުސްލިމުންނަށް އޮތީ ހުރިހާ ކަމެއްގައިވެސް އެބޭކަލުންނަށް ފުރިހަމައަށް ތަބަޢަވުން ކަމަށެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އަނބިން / ފިރިންގެ ކިބައިން ޚާއްޞަ ރަނގަޅު ކަންކަން ފެންނަ ކޮންމެ ފަހަރަކުވެސް ފުދުންތެރިކަން ހުރި މިންވަރަކުން އެކަން ފާހަގަކޮށް ހަދިޔާ ދިނުމަކީ ދެމަފިރިންެގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެއް ކަމަށެވެ. ހަދިޔާއެއް ގަނެދެވެން ނެތްނަމަ އަމަލުންވެސް ހަދިޔާ ދެވޭނެ ކަމަށާއި އެންމެ އަގު ބޮޑު ހަދިޔާއަކީ ވެސް ލޯބިން އިޚްލާޞްތެރިކަމާއިއެކު އަމަލުން ދޭ ހަދިޔާ ކަމަށެވެ. ޝުކުރުގެ ބަސްތަކާއި ހިނިތުންވުމަކީވެސް ވަރަށް އަގުބޮޑު ހަދިޔާ ކަމަށެވެ.

އެއްވެސް "އެނިވަރސަރީ" އެއް ފާހަގަކުރުމަކީ އިސްލާމް ދީނުގައި ކުރަން އޮތް ކަމެއް ނޫނެވެ. އަދި އެފަދަ ކަންކަމަކީ އެހެން ދީންތަކުގެ މީހުން ކުރަމުން އަންނަ ކަމެކެވެ.
މިއަދު އޮންލައިން