ހުޅުމާލޭ ގައި ބޭއްވުމަށް ނިންމާފައިވާ މިއާއިލީ ހަވީރުން ސިއްޙީ މައުލޫމާތު ލިބުމުގެ އިތުރުން ހިލޭ ޑޮކްޓަރަށް ދެއްކުމާއި ބައެއް ކުދި ޓެސްޓުތައް ވެސް ކޮށްލެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެގޮތުން ހުޅުމާލޭގައި އަލަށް ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލްގެ ޓީމަކުން އެދުވަހުގެ އެހަރަކާތުގައި ބައިވެރިވާއިރު، ޚައްސަކޮށް ކިޑްނީގެ ބަލިތަކާއި ބެހޭ ޑޮކްޓަރުންނާއި ޑައިޓިޝަނުން ބައިވެރިވާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ކުޑަކުދިންނާއި ގުޅޭ ހަރަކާތްތަކަކާއިއެކު މިއާއިލީ ހަވީރު ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކު ގައެވެ.