ދީނަށް ބޮޑަށް ނިކަމެތިކަން ލިބޭނީ ޤައުމުގެ އެތެރޭގަ ހިންގާ ކަންތަކުންކަން ހަމަ ނޭގެނީތޯ؟: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދީނަށް ބޮޑަށް ނިކަމެތިކަން ލިބޭނީ ޤައުމުގެ އެތެރޭގަ ހިންގާ ކަންތަކުންކަން ހަމަ ނޭގެނީތޯ؟: ޑރ. އިޔާޟް
"ބޭރު ބައަކު ނެރޭ ޤަރާރަކަށްވުރެ ބޮޑަށް ދީނަށް ނިކަމެތިކަން ލިބޭނީ ޤައުމުގެ އެތެރޭގަ ހިންގާ ކަންތަކުންކަން ހަމަ ނޭގެނީތޯ؟" އިސްލާމީ ކަންތައްތަކާއިބެހޭ މަޖިލީހުގެ ކުރީގެ ނައިބްރައީސް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ފަތުވާ މަޖިލީހަށް ސުވާލު ކުރިމަތިކުރައްވައިފިއެވެ.

ޑރ، އިޔާޟް އިއްޔެ ކުރެއްވި ޓްވީޓުގައި ވަނީ "ދިވެހިރާއްޖޭގަ ހިންގާ ބޮޑެތި މުންކަރާތްތަކާއި ގުޅޭގޮތުން ފަތުވާ މަޖިލީހުން ބަހެއް ވިދާޅުނުވަނީ ކީއްވެގެންތޯ؟" ވެސް ފަތުވާ މަޖިލީހާއި ސުވާލުކުރައްވައިފައެވެ.

"ދިވެހިރާއްޖޭގަ ހިންގާ ބޮޑެތި މުންކަރާތްތަކާއި ގުޅޭގޮތުން ފަތުވާ މަޖިލީހުން ބަހެއް ވިދާޅުނުވަނީ ކީއްވެގެންތޯ؟ ބޭރު ބައަކު ނެރޭ ޤަރާރަކަށްވުރެ ބޮޑަށް ދީނަށް ނިކަމެތިކަން ލިބޭނީ ޤައުމުގެ އެތެރޭގަ ހިންގާ ކަންތަކުންކަން ހަމަ ނޭގެނީތޯ؟" ޑރ، އިޔާޟް ވިދާޅުވެފައިވެއެވެ.



މިއަދު އޮންލައިން