ގެއްލުނު "ކޮންކޯޑު" ދޯނި ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 15ސ
ގެއްލުނު "ކޮންކޯޑު" ދޯނި ފެނިއްޖެ
ފަންސަވީސް ދިވެހިންނާއިއެކު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް، ގެއްލިގެން ހޯދަމުން ދިޔަ "ކޮންކޯޑް" ދޯނި އެމްއެންޑީއެފް ގެ ހެލިކޮޕްޓަރަށް ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި އެދޯނި ފެނުނީ އައްޑޫސިޓީގެ 32 މޭލު ބޭރުނެވެ. އެދޯނި ފެނުނުއިރު، ދޯނި ދަތުރު ކުރަމުން ދިޔައީ އައްޑޫ އާއި ދިމާއަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ޖުމްލަ 25 ދިވެހީންނާއިއެކު މަސްވެރިކަމަށް ނިކުމެ އުޅުނު "ކޮންކޯޑް" ދޯނީގެ ޚަބަރެއް ނުވެގެން ރިޕޯޓު ކޮށްފައިވަނީ ސ. މަރަދޫ އިން ފުރައިގެން މިދިޔަ ހުކުރު ދުވަހު އިރުއޮއްސި 18:00 ޖެހިއިރު މަހަށް ނިކުތް ފަހުންނެވެ. ސެތެލައިޓް ފޯނުން އެދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭގެ 18:10 ހާއިރު ކަމަށާއި ޚަބަރެއް ނުވެފައިވަނީ އޭގެ ފަހުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ދޯންޏާއި އެންމެފަހުން ގުޅުންއިުރު އެދޯނީގެ އިންޖީނަށް ގެއްލުމެއް ލިބިފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށްފަހު ދަތުރު ކުރަމުން ދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން