ޖުމްހޫރީ ޕާޓީގެ ޤައުމީ ހިންގާ ކޮމިޓީއަށް ބަލާއިރު ޕާޓީގެ އިސް ގިނަ ލީޑަރުންތަކެއް މިހާރު ވަނީ ބަންދުގައެވެ. ލީޑަރު ޤާސިމް އިބްރާހީމްގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު މިވަގުތު އެމަނިކުފާނު ހުންނެވީ ބޭސް ފަރުވާއަށް ޖަރުމަނުގައެވެ.
ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ޙުކުމުގައި ވަނީ އެމަނިކުފާނު މިނިވަން ކުރުމަށް އަމުރުކޮށްފައެވެ. ޙުކުމް ކުރުމުން ނުވަތަ އަމުރު ނެރުމުން ރައީސުލްޖުމްހުރިއްޔާ ވަނީ އެ އަމުރު ތަންފީޒު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕާޓީގެ ނައިބްލީޑަރުންގެތެރޭގައި ހިމެނިވަޑައިގަންނަވާ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެދަށުން ދޫނިދޫ ޖަލުގައި ބަންދުކޮށްފައެވެ. މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ރޭ ވަނީ ބަންދުކޮށްފައެވެ.
Qaumee Hingaa Committee ge 2018 vana aharuge 7 vana NURASMEE badhaluvun kuriyah dhanee.@Jumhooree_MV @qasimibrahim @meeraazu @DrHussainHassan @akdeen pic.twitter.com/3KTvYYKvyR
— JP Secretariat (@JPSecretariat) March 17, 2018