ގެއްލިފައިވާ ހައްޤުތައް ހޯދުމަށް ކުރާ މަސައްކަތަކީ އިސްލާމްދީނާއި ދެކޮޅުވުމެކޭ ނުބުނެވޭނެ- ޑރ. އިޔާޛް

ކިޔުމަށް ހޭދަވާނީ 1މ 20ސ
ގެއްލިފައިވާ ހައްޤުތައް ހޯދުމަށް ކުރާ މަސައްކަތަކީ އިސްލާމްދީނާއި ދެކޮޅުވުމެކޭ ނުބުނެވޭނެ- ޑރ. އިޔާޛް
ގެއްލިފައިވާ ޙައްޤުތައް ހޯދުމަށް ކުރާ މަސައްކަތަކީ، އިސްލާމްދީނާއި ދެކޮޅުވުމެކޭ ނުބުނެވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛް އަބްދުލް ލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ގެއްލިފައިވާ ޙައްޤުތަކަށް، ދީނީ މިންގަނޑުތަކުން ބޭރުނުވާ ގޮތަށް، ކުރާ މަސައްކަތަކީ އިސްލާމް ދީނާއި ދެކޮޅުވުމެކޭ ނުބުނެވޭނެ" ކަމަށެވެ.

ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޛް މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިއަދުން ފެށިގެން އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައި ބައިވެރިވާ އެންމެންނަކީ އިސްލާމްދީނާއި ދެކޮޅު މީހުން" ކަމުގައި ބުނުމުން އެކަމަށް ފާޑުވިދާޅުވަމުންނެވެ.
އެބައްދަލުވުމުގައި ޕީޕީއެމް ގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަގުމައްޗަށް ނިކުމެގެން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ އިސްލާމްދީނާއި ދެކޮޅު މަސައްކަތެއް ކަމަށެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައި ބައިވެރިވާ އެންމެންނަކީ އިސްލާމްދީނާއި ދެކޮޅު މީހުންކަމަށް ބުނުމާއި ގުޅިގެން ދީނީ ގިނަ ޢިލްމުވެރިން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެގޮތުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަލީ ޒައިދު ވިދާޅުވެފައިވަނީ ފާޅުވެގެންވާ ކުފުރެއް ނުފެންނަހާ ހިނދަކު މުސްލިމަކާ ދިމާލަށް ކާފަރެކޭ ނުބުނެވޭނެ ކަމަށެވެ. ޝެއިޚް ޒައިދު ވިދާޅުވެފައިވަނީ ފަރުޟު ފަސް ނަމާދާއި ޝަހާދަތުގެ ދެކަލިމައިގެ މަތީ ތިބި ގިނަ ބަޔަކަށް، ވަކި ކަމަކާ ގުޅުވައިގެން "އެއީ އިސްލާމްދީނުުގެ އަދުއްވުން" ކަމުގައި މުޚާތަބު ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން