ޝެއިޚް އިމްރާންގެ ބޭސްފަރުވާއަށް ތިޔަ ހުރަސް އަޅަނީ، ވައްކަން ނުކުރާށޭ ބުނުން ފިޔަވާ ކޮން ސަބަބަކާ ހެދިތޯ؟- ޑރ. އިޔާޛު

ކިޔުމަށް ހޭދަވާނީ 50ސ
ޝެއިޚް އިމްރާންގެ ބޭސްފަރުވާއަށް ތިޔަ ހުރަސް އަޅަނީ، ވައްކަން ނުކުރާށޭ ބުނުން ފިޔަވާ ކޮން ސަބަބަކާ ހެދިތޯ؟- ޑރ. އިޔާޛު
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ހައްޔަރު ކޮށްގެން ބޭސް ފަރުވާއަށް ތިހުރަސް އަޅަނީ ހަމައެކަނި ވައްކަން ނުކުރާށޭ އަދި އަދުލުވެރި ނުވާށޭ ބުނުން ފިޔަވާ ކޮން ސަބަބަކާއި ހެދިތޯ، ސަރުކާރާ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛު އަބްދުލް ލަތީފު ސުވާލު ކުރައްވައިފިއެވެ.

ޑރ، އިޔާޛު އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބަންދުގައި ތިބޭ ބޮޑެތި ކުށްވެރިންނަށް ވެސް އެކަށީގެންވާ ބޭސް ފަރުވާ ލިބެން ޖެހޭއިރު، ކުށެއް ނެތް އިންސާނަކު ހިފާ ހައްޔަރު ކޮށްގެން ބަލިވީމަ ބޭސްކޮށް ނުދީ ގެންގުޅޭ މީހުންގެ ސަޒާ އަކީ ކޮބާތޯ އެވެ. އަދި އެކަމަށްޓަކައި އެބައިމީހުން ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެކަމަށް ވެސް ޑރ.އިޔާޛު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޑރ. އިޔާޛު ވިދާޅުވެފައިވަނީ ވަޒީފާގެ ސަބަބުން ކަމަށް ބުނެ އެފަދަ ޖަރީމާތަކުގައި ބައިވެރިވާ މީހުން ވެސް އެމީހުން ކުރާ ކަންކަމާއިމެދު މާތްﷲ ގެ ޙަޟްރަތުގައި ޒިއްމާ އުފުލަން ޖެހޭނެ ކަމަށެވެ.




މިއަދު އޮންލައިން