ޖޭޕީއާ ގުޅުވައި ރައީސް އޮފީހުގެ ވެބްސައިޓުގަ ދޮގު މައުލޫމާތުތަކެއް ހާމަކޮށްފައިވާކަމަށް ޖޭޕީން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޖޭޕީއާ ގުޅުވައި ރައީސް އޮފީހުގެ ވެބްސައިޓުގަ ދޮގު މައުލޫމާތުތަކެއް ހާމަކޮށްފައިވާކަމަށް ޖޭޕީން ބުނެފި
ޖުމްހޫރީ ޕާޓީ އާއި ގުޅުވައި ރައީސް އޮފީހުގެ ވެބްސައިޓުގައި ދޮގު މައުލޫމާތުތަކެއް ހާމަކޮށްފައިވާކަމަށް އެޕާޓީން ބުނެފި އެވެ.

ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލީހް ވިދާޅުވީ އެ ޕާޓީން މިއަހަރު ރައިސް އޮފީހާއި އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށާއި މައުލޫމާތު އިޞްލާޙްކުރުމަށް ޕާޓީން ރައީސް އޮފީހުގެ ތަރުޖަމާނުގެ އަރިހުން އެދުމުންވެސް އިޞްލާޙް ނުކުރެއްވި ކަމަށެވެ.

ޢަލީ ޞާލިޙް ވިދާޅުވީ އެ ބަޔާނުގެ ދިވެހި ބައިގައި އެވާހަކަތައް އެގޮތަށް ނެތުމުން އެނގެނީ ބޭރުގެ ފަރާތްތަކަށް އޮޅުވާލަން ޝާއިއުކޮށްފައިވާ ލިޔުމެއް ކަމެވެ. ޖޭޕީ ކުރިއަށްދާނީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކާއިއެކު ކަމަށާއި ސަރުކާރާއިއެކުގައި ނޫން ކަމަށެވެ. އެނޫން ވިސްނުމެއް އެޕާޓީން ނުގެންގުޅޭ ކަމަށެވެ.

މިއަދު އޮންލައިން