ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލައިގަނެ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބާރުގެ ދަށަށް ގެންދިޔަ ސީޝެލްސްގެ މަސްބޯޓް މިރޭ ފަތިހުގެ ވަގުތެއްގައި މާލެ ގެންނާނެކަމަށް އެމްއެންދީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް މައުލޫމާތު ދެއްވިގޮތުގައި މިބޯޓު ފެނިފައިވަނީ މަސްވެރިކަމަސް ނިކުމެ އުޅުނު ދޯންޏަކަށެވެ. އަދި މިމަސްބޯޓު ފެނުނީ ލ. ކައްދޫ ހުޅަނގުން 38 ނޯޓިކަލް މޭލު ބޭރުންނެވެ.
ސިފައިންގެ ބެލުމުގެ ދަށުގައި ހުރި އެބޯޓުގައި ޝްރީ ލަންކާގެ ހަ ރައްޔިތުން ތިއްބެވެ.
ސީޝެލްސް ގެ މަސްބޯޓެއް ރާއްޖޭ ކަނޑުގެ ސަރަހައްދުން ފެނިފައިވާއިރު، މިދިޔަ ހުކުރު ދުވަހު ސޯމާލިއާ ގެ ދެ މަސްބޯޓެއް ވެސް ވަނީ ފެނިފައެވެ.