ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް އަނިޔާކޮށްގެން މާމިގިލި ދާއިރާގެ ތާއީދު ސަރުކާރަށް ނުހޯދޭނެ ކަމަށް މާމިގިލީ ކައުންސިލުގެ ރައީސް ޢަބްދުﷲ މުފީދް ވިދާޅުވެއްޖެއެވެ.
މުފީދް މިރޭ ވިދާޅުވީ ދާއިރާގެ ރައްޔިތުން ޤާސިމް އިބްރާހީމް ދެކެ ލޯބިވަނީ ހަމައެކަނި ޢާއިލީ ގުޅުންތަކުން ނޫން ކަމަށާއި ދާއިރާގެ ތަރައްޤީގެ ބާނީއަކީ ވެސް ޤާސިމް އިބްރާހީމް ކަމަށްވާތީ ކަމަށެވެ.
މުފީދް ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް، ރަށްރަށަށް ޤާސިމް އިބްރާހީމް ކޮށްދެއްވި ޚިދުމަތުގެ އިތުރުން ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ހިންގި ކަންކަމަށްވެސް ޤާސިމް އިބްރާހީމް ވަނީ ވަރަށް ބޮޑަށް އެހީތެރިވެދެއްވާފައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޤާސިމް އިބްރާހީމްގެ ހުރިހާ ކަންކަމެއް ނައިތައިލަން ކަމަށާއި ޤައުމަށްޓަކައި ޤާސިމް އިބްރާހީމް ކުރައްވަމުން ގެންދަވާ އުންމީދުތައްވެސް ނައްތައިލަން ކަމަށެވެ.