ބަންޑުން ޖަހާލާފައި އޮތް ލަންކާ މަސްބޯޓެއް ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 54ސ
ބަންޑުން ޖަހާލާފައި އޮތް ލަންކާ މަސްބޯޓެއް ފެނިއްޖެ
ބަންޑުން ޖަހާލާފައި އޮތް ސްރީލަންކާގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ށ.އަތޮޅާ 73 މޭލު ބޭރުގައި ލަންކާގެ 30 ފޫޓުގެ ދިގު މަސްބޯޓެއް ބަންޑުން ޖަހާލާފައި އޮއްވާ، ރ.މަޑުއްވަރީ 'މަންފާ' ނަމަކަށް ކިޔާ ބޯޓަކަށް ފެނިފައިވާކަމަށެވެ. އަދި ބޯޓު ފެނުނުއިރު ބޯޓުގައި އެއްވެސް މީހަކު ފެންނަން ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.

'މަންފާ' ބޯޓުން، ލަންކާގެ މި މަސްބޯޓު ކަފުޖަހައިގެން މަޑުއްވަރީއަށް ދަތުރުކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ކަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ވެސް ހަރަކާތްތެރިވަމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
މިކަމާ ބެހޭ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު މެންދުރު 13:15 ހާއިރުކަމަށް އާޒިމް ވިދާޅުވިއެވެ.

ދާދި ފަހަކުން ކުރިމަތިވި ތޫފާން އޯޗީއަށް ފަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަރަށް ގިނައިން އިންޑިއާއާއި ލަންކާގެ ބޯޓު ފަހަރު ފެނިފައިވެއެވެ.

މިއަދު އޮންލައިން