އިންޖީނު ހުއްޓުނު ބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރު ކޮށްދީފި

ކިޔުމަށް ހޭދަވާނީ 57ސ
އިންޖީނު ހުއްޓުނު ބޯޓަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރު ކޮށްދީފި
ލ. ގަމުން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެހީތެރިކަން ފޯރު ކޮށްދީފިއެވެ.

މިހާދިސާގެ މައުލޫމާތު މިރޭ 18:08 ހާއިރު އެމްއެންޑީއެފް ސެންޓްެރަލް އޭރިއާއަށް ލިބުމާއިއެކު ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

"ދިނަށަ" މިބޯޓުގެ އިންޖީނު ހުއްޓިފައިވަނީ އިންޖީނުގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން އަޑީތެޔޮ ހުސްވެގެން، މ. އަތޮޅު ތުވަރާއި ތިން މޭލު ބޭރުންނެވެ.

އެބޯޓުގެ އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ ހާބަރކްރާފްޓް ވަނީ މ. މުލަކަށް ގޮސް އަޑީތެޔޮ ހޯދާ، އެބޯޓަށް ތެޔޮ ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ދިނަށަ" ބޯޓު މިހާރު ދަނީ މ. އަތޮޅު ކޮޅުފުއްޓަށް ދިއުމަށް ދަތުރު ކުރަމުންނެވެ.

މިހާދިސާ ހިނގިއިރު އެބޯޓުގައި ތިން ދިވެހިންނާއި ހަތަރު ބިދޭސީންނާއެކު ޖުމްލަ ހަތް ފިރިހެނުން ދަތުރު ކުރިއެވެ. އެއެންމެންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން