ތ.މަޑިފުށީ ކައިރީ އޮންނަ ގިރިއަކަށް ސަފާރީއެއް އަރައިފި

ކިޔުމަށް ހޭދަވާނީ 43ސ
ތ.މަޑިފުށީ ކައިރީ އޮންނަ ގިރިއަކަށް ސަފާރީއެއް އަރައިފި
ތ.މަޑިފުށީ ކައިރީގައި އޮންނަ ގިރިއަކަށް ސަފާރީއެއް އެރުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޑިފުށީ ކައިރީގައި އޮންނަ ގިރިއަކަށް ސަފާރީއެއް އެރިކަމުގެ މައުލޫމާތު ފުލުހުންްނަށް ލިބުނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށާއި އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިކަމަށެވެ.

އެ ގޮތުން، މަޑިފުށި ކައުންސިލާއި އެ ރަށުގެ ބައެއް އާންމު ރައްޔިތުންގެ އެހީއާއެކު ފުލުހުން ދަނީ ސަފާރީ ފުންކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި ފުލުހުން ވަނީ ސަފާރީގައި ތިބި މީހުން މަޑިފުއްޓަށް ގެންގޮސްދީފައެވެ.

މަޑިފުށީ ކައިރީގައި އޮންނަ ގިރިއަކަށް ސަފާރީއެއް އެރިއިރު، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެ، އެ ސަރަހައްދުތަކުގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ތ.އަތޮޅު ވެސް ހިމެނެއެވެ.
މިއަދު އޮންލައިން