ޑރ. އިޔާޒް ގެ ދަރުހެއް ދިނުން ހުއްޓުވައިފި

ކިޔުމަށް ހޭދަވާނީ 42ސ
ޑރ. އިޔާޒް ގެ ދަރުހެއް ދިނުން ހުއްޓުވައިފި
ފ. ނިލަންދޫ ގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުލް ލަތީފް، ދޭން ހަމަޖެހުނު ދަރުހެއް ދިނުން ހުއްޓުވައިފިއެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި ޑރ. އިޔާޒް މިއަދު ވިދާޅުފައިވަނީ ނިލަންދޫގައި ދިނުމަށް ހަމަޖެއްސި ދަރުސް "ބާރުގަދަ" ފަރާތަކުން ހުއްޓުވައިފި ކަމަށެވެ. އެއީ ކޮން ފަރާތެއް ކަމެއް ޑރ. އިޔާޒް ވިދާޅުވެފައެއް ނުވެއެވެ.

ޗުއްޓީއަކަށް ނިލަންދޫ އަށް ވަޑައިގެން ޑރ. އިޔާޒް، އެރަށުގައި ދަރުސް ދިނުމަށް ތައްޔާރުވީ ކައުންސިލާއި އަތޮޅު ކައުންސިލުގައި ވެސް ހިމެނޭ ބައެއް މެންބަރުންގެ އެދިވަޑައި ގަތުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޑރ. އިޔަޒްގެ ދަރުސް އެންމެ ފަހު ވަގުތު ހުއްޓުވީ މާލެއިން ކޮންމެ ވެސް ބޭފުޅަކު ކައުންސިލްގެ ބައެއް މެންބަރުންނަސް ގުޅުއްވުމުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެެއެވެ.

މިއަދު އޮންލައިން