މިއަދުގެ ހެނދުނުގެ ދަންފަޅީގައި ލީޑަރޝިޕްގެ ބޭފުޅުން ވަނީ ޕާޓީގެ މުހިންމު ކަންކަމާއި އަދި ނިންމުންތަކާއި ގުޅޭ ގޮތުން މައުލޫމތު ދެއްވައިފައެވެ. މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ ނައިބް ލީޑަރުން ކަމަށްވާ ޢަބްދުﷲ ރިޔާޟް އާއި ޢަބްދުﷲ ކަމާލުއްދީން އެވެ.
މެންދުރުފަހުގެ ދަންފަޅިގައި ވަނީ ޕާލަމެންޓްރީ ގްރޫޕުންނާއި މެންބަރޝިޕް ކޮމިޓީން މައުލޫމާތު ދީފައެވެ. މާދަމައަށް ތާވަލުކޮށްފައިވާ ސެޝަން ތަކުގައި ޤަވާއިދު ކޮމިޓީ އާއި ސޯޝަލް މީޑިއާ އާއި ބެހޭ މައުލޫމާތު ދިނުމާއި މެނިފެސްޓޯ އާއިބެހޭ މައުލޫމާތު ދިނުން ހިމެނެއެވެ.