ބްރިޖަށް ވުރެ ރައްޔިތުންގެ ބޯހިޔާވަހިކަން މުހިންމު: އަމީތު

ކިޔުމަށް ހޭދަވާނީ 46ސ
ބްރިޖަށް ވުރެ ރައްޔިތުންގެ ބޯހިޔާވަހިކަން މުހިންމު: އަމީތު
ބްރިޖަށް ވުރެ ރައްޔިތުންގެ ބޯހިޔާވަހިކަން މުހިންމުކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަމީތު ވިދާޅުވީ ބްރިޖަކީވެސް މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް އެއަށްވުރެ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް މާބޮޑަށްވެސް މުހިންމު ކަމަށެވެ.

ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅެވެން އޮތީ މާލޭގައި ކަމަށާއި ނަމަވެސް ތަންތަނުގެ ކުއްޔަށް 20 ނުވަތަ 30 ހާސް ރުފިޔާ ދައްކައިގެން އުޅެންޖެހުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެއީ ބޮޑު ވޭނެއް ކަމަށެވެ.

"އެންމެ އެޕާޓްމެންޓެއްގެ ކުލިވެސް އެބައަރާ 18,000 ރުފިޔާއަށް. މުސާރައަށް މިލިބެނީ 6,000 ރުފިޔާ. އެހެންވީމަ ޢާއިލާގެ ހުރިހާ އެންމެން 24 ގަޑިއިރު މަސައްކަތްކޮށްގެން ނޫނީ ކުލި ދެއްކޭނެ ގޮތެއް ނޯވޭ. އަދި އެހެނިހެން ޚަރަދުތައްވެސް ކުރަންޖެހޭ" އަމީތު ވިދާޅުވިއެވެ.


މިއަދު އޮންލައިން