ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހަމައެކަނި ލޯނަށް ބަރޯސާ ނުކުރުމަށް ގުޅިފައިވާ ޕާޓީތަކުން ސަރުކާރަށް ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 45ސ
ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހަމައެކަނި ލޯނަށް ބަރޯސާ ނުކުރުމަށް ގުޅިފައިވާ ޕާޓީތަކުން ސަރުކާރަށް ގޮވާލައިފި
ދައުލަތުން ހިންގަވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހަމައެކަނި ލޯނަށް ބަރޯސާ ނުކުރުމަށް ގުޅިފައިވާ ޕާޓީތަކުން ސަރުކާރަށް ގޮވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވީ ދައުލަތުން ހިންގަވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހަމައެކަނި ލޯނަށް ބަރޯސާވުމަކީ އެ ޕާޓީތަކުން ޤަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށެވެ.

ސަރުކާރުން ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަންޖެހޭނީ ދައުލަތަށް އާމްދަނީ ލިބޭނެމަގުފަހިކޮށްގެން ދައުލަތަށް ލިބޭ އާމްދަނީއަށްވެސް ބަރޯސާވެގެން ކަމަށްވެސް އަމީތު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީތު ވިދާޅުވީ އިތުރު އާމްދަނީ ލިބޭނެގޮތްތައް ކޮންމެއަހަރެއްގެ ބަޖެޓުގައި ޖެހިނަމަވެސް އެ އާމްދަނީ ނުލިބޭ ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ޤައުމު ދަރަނިވެރިވެގެންދިއުން ކަމަށްވެސް އަމީތު ވިދާޅުވިއެވެ.
މިއަދު އޮންލައިން