ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އަސާސީ ޤަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
ޖޭޕީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީއަކީ ދިވެހި ޤައުމާއި، ދިވެހި އެންމެހާ ރައްޔިތުންނަށް އެންމެ ފައިދާ ކުރުވަނިވި ގޮތުގައި ހިންގާ ރައްޔިތުންގެ އިހުސާސްތަކާއި، ހައްޤުތައް ހިމާޔަތްކޮށްދީ އެޙައްޤުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރާނެ ޕާޓީއަކަށް މިހާރަށް ވުރެ ބޮޑަށް ހެދުމަށާއި، ސިޔާސީ ގޮތުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުރިހާ ޖިންސެއްގެ ހުރިހާ ފަންތިއެއްގެ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ލިބިދޭނެ ޕާޓީއަކަށް ހެދުމަށްޓަކައި، ޕާޓީގެ އަސާސީ ޤަވައިދު އިސްލާހު ކުރުމުގެ މަސައްކަތް މިވަގުތު ކުރަމުންދާއިރު ޕާޓީގެ މެންބަރުންނަށާއި، ހެޔޮއެދޭ ދިވެހި އެންމެހާ ރައްޔިތުންނަށް، މިޤަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 14 ދުވަހުގެ މުއްދަތައް ހުޅުވާލައިފާ ކަމަށެވެ.
ވީމާ ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި އެޕާޓީއަށްހެޮ އެދޭ ފަރާތްތަކުން [email protected]އަށް އީމެއިލް ކުރެއްވުމަށް ނުވަތަ އެއޮހީގުގެ ނަންބަރު 3010018 ފެކްސް ކުރެއްވުމަށް ވެސް އިއުލާން ކޮށްފައިވެއެވެ.
ޖޭޕީގެ މިހާރު ބޭނުންކުރަމުންދާ ޤަވައިދު،އެޕާޓީގެ ވެބްސައިޓް www.jumhooreeparty.org.mvއިން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް އެއިލާނުގައި ބުނެފައިވެއެވެ.