ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ދޫކޮށްލައިފިއެވެ.
އަމީތު ދޫކޮށްލާފައިވަނީ 3 ޝަރުތަކާއެކުގައެވެ. އެއީ ރޭގަނޑު 21:00 ން ހެނދުނު 06:00އަށް ދިރިއުޅުއްވާ ގޭގައި ހުރުމާއި ހެކިންނާއި ބައްދަލުކޮށް ހެއްކަށް ނުފޫޒު ފޯރުވާފަދަ އެއްވެސް ކަމެއް ނުކުރުމަށާއި ކޯޓަށް ޙާޟިރުވުން ހިމެނެއެވެ.