ފިރިމިހާ މަސައްކަތު ދިއުމަށްފަހު އެނބުރި ގެއަށް އަންނަނީ ތިމާއަށްވުރެ މާރީތި އެތައް އަންހެނުންކާއި ބައްދަލުވެފައިކަން ޤަބޫލުކުރާ އަނބިންގެ ކައިވެނިތައް ރައްކައުތެރިވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
ޢިލްމުވެރިން ވިދާޅުވަނީ ފިރިމީހާ ގެއިން ނުކުތީންސުރެ ބައްދަލުވަނީ ތުއިކަން ދައްކާ އަންހެނުންނާއި އަދި ވަނާތައް ދައްކައި ސޭލް އަޅުވައިގެން ތިބޭ ގިނަ އަދަދެއްގެ އަންހެނުންނާއި ކަމަށެވެ. މަސައްކަތު މާހައުލުންވެސް އެފަދަ އެތައް އަންހެނުންތަކަކާއި ބައްދަލުކުރަންޖެހޭ ކަމަށެވެ.
ޢިލްމުވެރިން ވިދާޅުވަނީ އެފަދަ ވެށްޓެއްގައި އުޅެފައި ފިރިމީހާ ގެއަށް އަންނައިރު އަނބިމީހާ ހުންނަން ޖެހޭނީ އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. ކުދިކުދި ކަންކަމާއި ޝަކުވާތައްކޮށް ފިރިންގެ ބޯ "ކެއުމުގެ" ބަދަލުގައި ބައްދަލުކުރަންޖެހޭނީ އުފާވެރިކަމާއި ހިނިތުންވުމާއިއެކުގައި ކަމަށެވެ. ސުވާލުކުރަންޖެހޭ މައްސަލައެއް އޮތްނަމަ ސުވާލުކުރަންވާނީ އެކަމަށް ފުރުޞަތު ހޯދައިގެން ކަމަށެވެ.
ފިރިހެނުންނަށް ނިޞްބަތްކުރައްވައި އިލްމުވެރިން ވިދާޅުވަނީ ރީތި ހިތްހަމަޖެހޭ އަންހެނަކު ފެންނައިރަށް އަނބިމީހާ ވަރިކުރާއިރު އެކުރެވޭ ކަންތަކާއިމެދު ފުންކޮށް ވިސްނައިލަން ޖެހޭނެ ކަމަށެވެ.
"މީހަކު އައިސް އުމަރުގެފާނަށް ދެންނެވި އޭނާގެ އަނބިމީހާ ވަރިކުރަން ބޭނުންވާ ވާހަކަ. އޭނާގެ ސިފަ މިހާރު ކަމުނުދާކަމަށް. ޢުމަރުގެފާނު ސުވާލުކުރެއްވެވީ އަބިމިހާގެ ކިބައިގައި މިހާރު އެއްވެސް ރަނގަޅު ކަމެއް ނެތީތޯ؟ އަޚްލާޤްވެސް ގޯސްވީތޯ؟ އަޅައިވެސް ނުލަނީތޯ؟"
ޢިލްމުވެރިން ވިދާޅުވަނީ އަނބިމީހާގެ ސިފައަށް ބަލައިގެން ދިރިއުޅެން ބޭނުންވާ މީހުންނަށް ޖެހޭނީ ކޮންމެ ދުވަހަކުވެސް އަނބިމީހާ ބަދަލުކުރަން ކަމަށެވެ. ކޮންމެ ދުވަހަކުވެސް ރީތި މީހުން ފެންނާނެ ކަމަށެވެ.
ދެމަފިރިން އަޑުއަހާލަން މުހިންމު އޯޑިއޯއެއް: