ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެމެމްބަރު މުހައްމަދު އަމީތު މިއަދު އައިޖީއެމްއެޗަށް ގެންގޮސް، އެކްސްރޭއެއް ނަގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަގާފައިވަނީ މައިބަދައިގެ އެކްސްރޭ އެކެވެ.
މިކަމާއިގުޅިގެން ރައީސް އޮފީހުގެ ކުރީގެމިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އަމީތު ހޮސްޕިޓަލަށް ގެންދިޔަކަންޢާއިލާއަށްއަދި ވަކީލަށް ވެސް އަންގާފައިނުވާ ކަމަށެވެ. އަދި އަމީތު ހޮސްޕިޓަލަށް ގެންދިޔަކަން އެނގިވަޑައިގަތީއިއްތިފާގަކުން ހޮސްޕިޓަލަށް ވަޑައިގެންނެވުމުން ކަމަށެވެ.
އެކްސްރޭ ނެގުމަށް ފަހު ފުލުހުން ވަނީ އޭނާ އެނބުރި ދޫނިދޫ ޖަލަށް ގެންގޮސްފައެވެ.
އަމީތު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ސަފުތައް ފަޅާލައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށްވަންނަން އުޅުނު ކަމަށް ބުނެއެވެ.