"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"- ދަރިވަރުން ހައިރާންކޮށްލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"- ދަރިވަރުން ހައިރާންކޮށްލައިފި!
"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖަށް އަންނަނީ އެންމެގެ ސަމާލުކަން ލިބެމުންނެވެ. ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށް ގިނަ ބައަކު ސަރަހައްދަށް ގޮސް މަޑުކޮށްލައިގެން މަންޒަރު ބަލަން ތިބެއެވެ.

މީގެ ދެދުވަހެއް ކުރިން ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ދައްކައިލައިފައެވެ. އެކުދިންނަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ހަމައެކަނި ފިލްމުތަކުން ފެންނަ ކަންކަން ހަމަލޮލަށް ފެނި އަދި ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ލިބުމުންނެވެ.

ބްރޖުގެ މަސައްކަތްތައް ތާވަލަށްވުރެ ކުރިއަށް އެދަނީ ނިމެމުންނެވެ. ހައުސިންގ މިނިސްޓަރު ޔަޤީންކަން ދެއްވާ ގޮތުން މަސައްކަތްތައް މިހާރުވެސް ވަނީ 1 މަސް ކުރިއަށް ޖެހިފައެވެ. ބްރިޖުގެ މަސައްކަތްތައް ކުރާ ކުންފުނިންވެސް އެކަމުގެ ޔަޤީންކަންދެއެވެ.

އަންނަ އަހަރުގެ ޖުލައި 26 އަށް ރަސްމީ ގޮތުން ބްރިޖް ހުޅުވައި ރަސްމީ ގޮތުން ބޭނުންކުރަން ނުފެށުނު ނަމަވެސް ބްރިޖުގެ ގިނަ މަސައްކަތްތައް އެހައިތަނަށް ނިމި ބޭނުންކުރަންފެށޭވަރުވާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

މިއަދު އޮންލައިން