ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ގދ. ގައްދޫ ރޯޒްމާގޭ (މ. އާވާޒް) މުޙައްމަދު އަމީތު އަޙްމަދު މަނިކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަމީތު ހައްޔަރުކުރުމަށް އޭނާ ދިރިއުޅުއްވާ މ. އާވާޒް އަށް ފުލުހުން ދިއުމާއެކު، އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީއޭނާގެ ޢަޒުމެއް ނުގުޑާނެ ކަމަށާއި ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށެވެ.
"މިހާރަށް ވުރެ ވަރުދަކޮށް އެނބުރި އަންނާނަން، އިންޝާ ﷲ،" އަމީތު ވިދާޅުވިއެވެ.