ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްނިންމައިފިއެވެ.
މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން"މިނިވަންއުފާ"ގެ ނަމުގައި ބާއްވާ މި ހަވީރު އޮންނާނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:00 ން 18:00އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ހަވީރުގައި އެޗްޑީސީ އާއި ދިވެހި ފުލުހުންނާއި ހުޅުމާލޭ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލާއިޖެމްސް ޕްރީސްކޫލުން ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.