ޤައުމު ދިފާޢުކުރަން ތިބޭ މުއައްސަސާތަކުން ޑިމޮކްރަސީއަށްބޯލަނބަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫން މިއަދު ހައްޔަރުކުރުމުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީފާރިސް މައުމޫން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސްޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ އިދިކޮޅުމެމްބަރުންނަށް ބިރު ދެއްކުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ މަސީހުގެ ވޯޓުކާމިޔާބުވިޔަ ނުދޭން ހިންގާ ޖަރީމާއެއް ކަމަށެވެ. އަދި ޙަޤީޤަތް އޮޅުވާލަން މިސަރުކާރުން ކިތަންމެ މަސައްކަތް ކުރިނަމަވެސް ޙަޤީޤަތް ވަރަށް ސާފު ކަމަށެވެ.
ޑރ. ޙުސައިން ރަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ ރީތި އުސޫލު ދޫކޮށްލާ ޑިމަކްރަސީއާ ޚިލާފަށް ކަންކަންކުރަމުންދާ ސަރުކާރަކަށް ރައްޔިތުންގެވެސް އިތުބާރާއި ތާއިދުނެތް ކަމަށެވެ.