ބްރިޖްގެ ފުރަތަމަ އައިބީމް އަޅައިފި

ކިޔުމަށް ހޭދަވާނީ 56ސ
ބްރިޖްގެ ފުރަތަމަ އައިބީމް އަޅައިފި
ހުޅުމާލެއާއި މާލެ ގުޅުވާދޭ ބްރިޖުގެ ފުރަތަމަ އައިބީމް މިއަދު އަޅައިފި އެވެ.

ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކާމިޔާބުކަމާއި އެކީ ފުރަތަމަ އައިބީމް އަޅައިފި ކަމަށާއި، ދެވަނަ އައިބީމް އެޅުން އޮތީ މިއަދު މެންދުރުފަހު ކަމަށެވެ.





އައިބީމް އެޅުމަކީ ބްރިޖްގެ ސުޕާ ސްޓްރަކްޗަރ އެޅުމުގެ ފުރަތަމަ މަސައްކަތެވެ. ބްރިޖްގެ ޑެކުތައް އަޅަނީ އައިބީމް މަތީގައެވެ.

ބްރިޖްގެ މަސައްކަތް މިހާތަނަށް ގޮސްފައިވާ ހިސާބު އިއްޔެގެ ހަވީރުގެ ވަގުތެއްގައިވަނީ މީޑިއާތަކަށް ދައްކާލާފައެވެ. އަދި އެޓުއަރ އަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މިއަދު އެޅުނު ފުރަތަމަ އައިބީމް އަކީ މާލެކޮޅުން އެޅުނު އައިބީމް އެއް ކަމަށާއި މުޅި ބްރިޖުގައި އެކަނިވެސް 240 އައިބީމް ސެގްމެންޓު ހުންނާނެ ކަމަށެވެ.

މިއަދު އޮންލައިން