މިހާރު އޮތް ގޮތުން ވިއްޔާ 2018ގެ ޖުލައި 26 އަށް ބްރިޖްގެ މަސައްކަތް ނިންމޭނެ- ޑރ.މުއިއްޒު

ކިޔުމަށް ހޭދަވާނީ 1މ 27ސ
މިހާރު އޮތް ގޮތުން ވިއްޔާ 2018ގެ ޖުލައި 26 އަށް ބްރިޖްގެ މަސައްކަތް ނިންމޭނެ- ޑރ.މުއިއްޒު
ޗައިނާ ސަރުކާރުގެ އެހީގައި ހުޅުލެއާއި މާލެއާއި ދެމެދު ހަދަމުންދާ ބްރިޖްގެ މަސައްކަތް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާއި، ޝެޑިއުލް އަށް ވުރެ އެއްމަސް ދުވަސް ކުރިން މިހާރުވެސް މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް ޑެވެލޮޕްމެންޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު މީޑިއާތަކަށް ބްރިޖްގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ދައްކާލުމުން، ހައުސިންގ މިނިސްޓަރ ވަނީ މީޑިއާއާއި ބައްދަލު ކުރައްވާ، އެކަމާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވާފައެވެ.

"މިއަންނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް މަސައްކަތް ނިމި ބްރިޖް ހުޅުވިގެން ދާނެ. އަދިވެސް ހަމަ އުއްމީދު މިކުރަނީ އޭގެ ދެމަސް ދުވަސް ކުރިން ޖުލައި 26 އަށް ބްރިޖް ހުޅުވޭނެ ކަމަށް. ހަމަޔަޤީނުން ވެސް ކޮންޓްރކްޓް ކުރެވިފައިވާ ތާރީޚަށް ނިންމޭނެ. މިހާރު އޮތް ގޮތުން ވިއްޔާ ޖުލައި 26 އަށް ނިންމޭ ކަހަލަ ގޮތަކަށް މިފެންނަނީ" ޑރ. މުއިޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިޒް ވިދާޅުވީ ބްރިޖް ބޭނުން ކުރާއިރު ފީއެއް ނަގާކަމަށް ވަންޏާ އެއަގެއް "އެފޯޑަބަލް" ވާނެ ކަމަށެވެ.

"އެއްވެސް ކަންބޮޑުވުމެއްގައި ހުންނާކަށް ނުޖެހޭނެ. އެފޯޑަބަލް ވާނެ މިބްރިޖް ބޭނުން ކުރާއިރު ފީއެއް ނަގާކަމަށްވާނަމަ. އެފީއަކީ ދެއްކޭނެ ވަރުގެ ފީއަކަށްވާނީ. ރައްޔިތުންނަށްތަކުލީފަކަށް ވާނެ ކަމެއް ސަރުކާރަކުން ނުކުރާނެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ފައިދާކޮށް ދިނުން. ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ ހުރިހާ ތަނބެއްގެ ވެސް ކޮންކްރީޓް މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމޭނެ ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން