އިލެކްޝަންސް ކޮމިޝަނުން ބަޔާން ހުށަނުއެޅުމުން މިއަދު ޖޭޕީގެ މައްސަލަ ކޯޓުން ކެންސަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އިލެކްޝަންސް ކޮމިޝަނުން ބަޔާން ހުށަނުއެޅުމުން މިއަދު ޖޭޕީގެ މައްސަލަ ކޯޓުން ކެންސަލް
ހޯމް މިނިސްޓްރީން އެކުލަވައިލި އުޞޫލަކާއި ހަވާލާދީ ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުން ކުރުން މަނާކޮށް އިލެކްޝަންސް ކޮމިޝަނުން ޖުމްހޫރީ ޕާޓީގެ މައްޗަށް ކޮށްފައިވާ އަމުރު ވަގުތީ ގޮތުން ހުއްޓުވައި ދިނުމަށް އެދި ޖުމްހޫރީ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ޢަލީ ޞާލިޙް ވިދާޅުވީ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރީ އިލެކްޝަންސް ކޮމިޝަނުން ހުށަހަޅަންޖެހޭ ބަޔާން ތައްޔާރުނުކުރެވިގެން ކަމަށް މައުލޫމާތުލިބިވަޑައިގެންފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކައުންއިލުން ނިންމާފައިވަނީ ހޯމް މިނިސްޓްރީގެ ކުއްލި ނިންމުމުގެ ސަބަބުގެ ގެއްލިގެންދާ ޕާޓީގެ އެންމެ އަގު ބޮޑު ރައުސުލްމާލުކަމަށްވާ ދިދަ އާއި ލޯގޯ ހިމާޔަތްކުރަން ޤާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށެވެ.
މިއަދު އޮންލައިން