ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކުރުން މިއަދު އިލެކްޝަންސް ކޮމިޝަނުން މަނާކުރުމުން އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން އެޕާޓީން ނިންމައިފިއެވެ.
މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ މިރޭ ބޭއްވި ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ނިންމީ އިލެކްޝަންސް ކޮމިޝަނުން ކުރިއަމުރާއި ގުޅިގެން ދިދަ އާއި ލޯގޯ ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސައިލުމަށާއި އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށެވެ.
ކައުންސިލް މެންބަރު އަލީ ޞާލިޙް ވިދާޅުވީ އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީތަކަށް ޕާޓީން ވާނީ ޖަވާބުދާރީ ވެފައި ކަމަށެވެ.
ޢަލީ ޞާލިޙް ވިދާޅުވީ ޕާޓީގެ ދިދަ އާއި ލޯގޯ އަކީ 08-20 ވަނަ ޕާޓީގެ ޤައުމީ މަހާސިންތާއިން ފާސްކޮށް އަދި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެސް ކޮށްފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން ބަދަލެއް ގެންނަނަމަ އެކަންވެސް ޤައުމީ މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށެވެ.
"އުޞޫލަކީ" ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ދަންނަ އެއްޗެއް ނޫން ކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ.