އެސްޓީއޯ ސުޕަރމާޓުން ކުރިއަށް ގެންދިއަ ޑެވޮންޑޭލް ޕްރަމޯޝަނުގެ ނަޞީބުވެރިން ހޮވައިފި އެވެ.
ޕްރަމޯޝަނުގެ ނަޞީބުވެރިންގެ ގޮތުައި ހޮވުނު ފަރާތްތަކުގެ ތެރެއިން މޫމިނާ (އައިޑީ ކާޑު ނަމްބަރު އޭ 128410) އަށް ވަނީ 150،000 ރުފިޔާ އާއި 1 އަަހަރު ދުވަހުގެ ޑެވޮންޑޭލް ކިރު ލިބިފައެވެ.

ގިނަ އަދަދެއްގެ ކޫޕަން ލާފައިވާ މޫމިނާއަށް ދޮޅު ލައްކަ ރުފިޔާގެ އިނާމު ލިބުނީ 1 ވަނަ އަށާއި 2 ވަނައަށްވެސް އޭނާ ލައިފައިވާ ކޫޕަންތައް ހޮވުމުންނެވެ.
3 ވަނައަށް ހޮވިފައިވަނީ ސަލީމް (އައިޑެންޓިޓީ ކާޑު ނަމްބަރު އޭ 074261) އެވެ. އޭނާއަށް ލިބޭނީ 25،000 ރުފިޔާގެ އިނާމެވެ.

މީގެ އިތުރުން 1 އަަހަރު ދުވަހަށް ޑޮވެންޑޭލް ހިކިކިރު ލިބޭ 25 ނަޞީބުވެރިންގެ ނަންތައް މިއަދު ވަނީ ގުރުވަތުންނަގައި އިއުލާނުކޮށްފައެވެ.
3،2،1 ވަނައަށް ހޮވުނު ފަރާތްތަކުގެ ކޫޕަން ނަންގަވައިދެއްވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާޠިމަތު އާޝާންއެވެ. 1 އަހަރު ދުވަހަށް ޑެވޮންޑޭލް ހިކިކިރު ލިބޭ ނަޞީބުވެރިންގެ ކޫޕަންތައް ނަންގަވައިދެއްވީ އެސްޓީއޯ ސްޕަރމާޓުގެ އިސް މުވައްޒިފުންނެވެ.

25 ނަޞީބުވެރިންގެ ކޫޕަންތައް ނެގިއިރުވެސް ގިނަ އަދަދަކަށް މޫމިނާގެ ކޫޕަންތައް ނެގުނެވެ. ދެވަނަ ނަޞީބުވެރިއަކަށް މޫމިނާގެ ކޫޕަން ހޮވުމުން 1 ވަަނ ނަޞީބުވެރިއާ ހޮވުމަށް ޒާޝާން ކޫޕަން ނެންގެވީ ކޫޕަންފޮށި ވަރަބޮޑަށް ހޭއްވެވުމަށްފަހުއެވެ. އެހެންކަމާއިއެކުވެސް 1 ވަނަ ނަޞީބުވެރިއަކަށްވެސް ހޮވިފައިވަނީ ހަމަ މޫމިނާއެވެ.

ޑެވޮންޑޭލް ހިކިކިރަކީ މިހާރު އެންމެ މަޤްބޫލު ހިކިކިރުތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ މަޤްބޫލް ކިރަކަށްވާތީ ވަރަށް ގިނަ ބައަކު ވަނީ ޑެވޮންޑޭލް ހިކިކިރު ގަނެ ކޫޕަން ލައިފައިކަން ފާހަގަކުރެވއެވެ.