މަސް ގަންނަ އަގު އުފުލީ މަސްވެރިންނަށް ހިތްވަރުދޭން: އަދްލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މަސް ގަންނަ އަގު އުފުލީ މަސްވެރިންނަށް ހިތްވަރުދޭން: އަދްލީ
މިފްކޯ އަށް މަސްވެރިން އަތުން މަސް ގަންނަ އަގު މިއަދު އުފުލީ މަސްވެރިންނަށް އިތުރު ފައިދާއެއް ހޯއްދަވައިދެއްވައިގެން މަސްވެރިން މަހަށް ފުރުމަށް އިތުރަށް ހިތްވެރު ދެއްވުމަށް ކަމަށް މިފްކޯގެ އެމްޑީ ޢަދލީ އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޢަދްލީ މިއަދު ވިދާޅުވީ މަސްވެރިކަން ކޮންމެވެސް ވަރަށް ދަށަށް ގޮސްފައިވާތީ މަސްވެރިން މަހަށް ފުރުމަށް އިތުރަށް ހިތްވަރު ބޭނުންވާނެ ކަމަށެވެ.

އަދްލީ ވިދާޅުވީ ފެލިވަރު ކާރުޚާނާގައި މަސްދަޅު ބަންދުކުރުމުގެ ޤާބިލުކަން ދުވާލަކު 15 ޓަނުން 50 ޓަނަށް މިސަރުކާރުން އިތުރުކޮށްފައި ވުމުން މިފްކޯއަށް މަސް ބޭނުންވާވަރުވެސް އިތުރުވެފައިވާ ކަމަށެވެ.

ޢަދްލީ ވިދާޅުވީ މިފްކޯއަށް ކުރިން މަސް ގަންނަމުން އައީ ކިލޯއެއް 19 ރުފިޔާއަށް ނަމަވެސް 1500 ކިލޯއަށްވުރެ ގިނައިން މިފްކޯއަށް މަސްވިއްކާ ދޯނިފަހަރުން މިއަދުން ފެށިގެން ަމަސް ގަންނާނީ ކިލޯއެއް 50/21 ރުފިޔާއަށް ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ އެކަށީގެންވާ ވަރަށް އިތުރުވެގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން