އެސްޓީއޯގެ ސާފުފައިދާ 112 މިލިއަނަށް އަރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
އެސްޓީއޯގެ ސާފުފައިދާ 112 މިލިއަނަށް އަރައިފި
މިއަހަރުގެ ފުރަތަމަ ތިންމަހު، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ އިތުުރުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބު ދައްކާގޮތުން ސާފު ފައިދާގެ ގޮތުގައި 112 މިލިއަން ރުފިޔާ އެކުންފުންޏަށްވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 30 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއިން ކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިއެވެ. އެ އަދަދަށް ވިޔަފާރި ކޮށްގެން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ.

އެސްޓީއޯއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުންޏެކެވެ. އެކުންފުންޏަކީ ރައްޔިތުންނަށް އެންމެ ފައިދާ ހޯދައިދޭ އެއްކުންފުނިވެސްމެއެވެ.
މިއަދު އޮންލައިން